ރޭ ބޭއްވުނު މުޒާހަރާގެ ތެރެއިން - -

މުޒާހަރާއިން ހައްޔަރުކުރެވުނު 6 މީހަކު 15 ދުވަހަށް ބަންދުކޮށްފި

އާއިޝަތު އަނާ ރަޝީދު
 
3 ދުވަސް ކުރިން

ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރުކުރެވުނު ހަތް މީހުންގެ ތެރެއިން ހަ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނޭ މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ޔާސިރު އަބްދުއްލަތީފާއި ޔައުގޫބު އަބްދުﷲ އަދި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހުގެ އިތުރުން އިތުރު ހަތަރު މީހުންގެ ބަންދު އިތުރުކުރެވުނެވެ. އެހެންނަމަވެސް މުހައްމަދު ޚަލަފު އިބްރާހިމް ވަނީ ތަހުގީގަށް އެއްބާރުލުން ދިނުމާއި މާލެއިން ބޭރަށް ނުދިއުމުގެ ޝަރުތުތަކާއެކު ދޫކޮށްލެވިފައެވެ.

މުޒާހަރާގައި އެތައް ހާހެއްގެ ބަޔަކު ބައިވެރިވެ، މަޖީދީމަގުން ދަތުރުކުރަން އުޅުމުން ފުލުހުން ވަނީ ރަޔަޓް ގިޔަރު ބޭނުންކޮށް، ޕެޕަރ ސްޕްރޭ އާއި ފުރަތަމަ ފަހަރަށް ސޮނިކް ވެޕަން ބޭނުންކޮށްފައެވެ. މުޒާހަރާގެ އިސް ސަފުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އިސް ލީޑަރުން ތިއްބެވެ. މި މުޒާހަރާއަކީ ރައީސް މުއިއްޒުގެ ވެރިކަމާ ދެކޮޅަށް މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އެއް މުޒާހަރާ ކަމަށް ބެލެވެއެވެ.