އއ. މަތިވެރި ---

މަތިވެރީގައި އެއާޕޯޓު އަޅައިދޭނެ ބަޔަކު ހޯދަނީ

މޫސާ ޢަލީ
 
6 ދުވަސް ކުރިން

އއ. މަތިވެރީގައި އެއާޕޯޓު އަޅައިދޭނެ ބަޔަކު ހޯދުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

 މަތިވެރީގައި އެއާޕޯޓު އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެކްސްޕެޝަންސް އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ގެޒެޓުކޮށްފައިވާ އިއުލާނުގައިވާ ގޮތުން އީއޯއައި ހުށަހެޅޭނީ އަންނަ މަހުގެ ނިޔަލަށެވެ. 

ފަޅުހިއްކައިގެން މަތިވެރީގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ވަނީ، މި އަހަރު އެ ރަށުގައި އެއާޕޯޓު އަޅާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.

ގެޒެޓުގައި ކޮށްފައިވާ އިއުލާނުގައި ބުނީ އެ މަޝްރޫއު ކުރިއަށް ގެންދަނީ 'ކްރޮސް ސަބްސިޑީ' އުސޫލުން ކަމަށެވެ.