އެ ސަރަހައްދަށް މުޒާހަރާގެ ބައިވެރިން ވަދެފައިވަނީ ފުލުހުންގެ އޮޕަރޭޝަނަށް ހުރަސްއަޅާފައި ކަމަށް އެ ޚިދުމަތުން ނެރުނު ބަޔާނުގައި ވަނީ ތުހުމަތުކޮށްފައެވެ.
ފުލުހުން ބުނީ، އެ މުޒާހަރާ ހުއްޓުވަން ބާރުގެ ބޭނުންކޮށްފައިވާނީ ޕްރޮފެޝަނަލް މިންގަނޑުގެ ތެރެއިން ކަމަށާއި އާންމުކޮށް ބޭނުންކުރާ ކަރުނަ ގޭހާއި، ބެޓަންފަދަ ތަކެތި ބޭނުންކޮށްފައިނުވާނެ ކަމަށެވެ.
"މުޒާހަރާ ކޮންޓްރޯލް ކުރުމުގައި، ކޮންމެހެން އެހެންގޮތަކަށް އަމަލުކުރަން ޖެހުނު ހާލަތެއްގައި ފިޔަވައި، ދިވެހި ފުލުހުންގެ ޚިދުމަތުން އިސްކޮށްފައިވާނީ މަޝްވަރާކޮށް، ވާހަކަދައްކައި ވިސްނައިދީގެން، ހާލަތު ގޯސްވިޔަނުދީ ރައްކާތެރިކަން ކަށަވަރު ކުރުމެވެ،" އެ ބަޔާނުގައިވެއެވެ.
ފުލުހުން ބުނީ، މުޒާހަރާ ރޫޅާލުމުގައި ވެސް އަމަލުކޮށްފައިވާނީ މި ފަދަ އެއްވުންތައް ރޫޅާލުމުގައި އަމަލުކުރާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި، މުޒާހަރާ ރޫޅާލައި، ބައިވެރިން ފަހަތަށް ޖައްސަން ވެސް ކުރިން ފާހަގަކުރި ފަދަ ބާރުގެ ބޭނުމެއް ކޮށްފައިނުވާނެ ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.