ނޭޕާލުގައި ހިންގަމުންދާ މުޒާހަރާތަކުގެ ތެރެއިން - -

ނޭޕާލަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް އެކަނި ކުރުމަށް މިނިސްޓްރީއިން އިލްތިމާސްކޮށްފި

އާއިޝަތު އަނާ ރަޝީދު
 
12 ގަޑިއިރު ކުރިން

ނޭޕާލުގެ މިހާރުގެ ނާޒުކު ހާލަތާ ގުޅިގެން، އެ ޤައުމަށް ކުރާ ދަތުރުތައް، ކޮންމެހެން ކުރަންޖެހޭ ދަތުރުތަށް ނޫން އެހެން ދަތުރުތައް ނުކުރުމަށް ފޮރިން މިނިސްޓްރީން ރައްޔިތުންނަށް ގޮވާލައިފިއެވެ. 

ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް ބަންދުކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފެހެއްޓުމާ ގުޅިގެން، ސަރުކާރުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި، ބޮޑެތި އިހުތިޖާޖުތަކެއް ކުރިއަށްދެއެވެ.

އިއްޔެގެ މުޒާހަރާތަކުގައި 19 މީހަކު މަރުވެފައިވާއިރު، މިއަދު މުޒާހަރާކުރި ފަރާތްތަކުން ވަނީ ސަރުކާރުގެ އިމާރާތްތަކަކާއި ޤައުމުގެ ލީޑަރުންގެ ތަންތަނުގައި އަލިފާން ރޯކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ އާއި ރައީސް ރާމް ޗަންދްރަ ޕުޑެލް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. މިކަމުގެ ސަބަބުން މުޅި ޤައުމު ވަނީ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިފައެވެ.

މި ހަމަނުޖެހުންތަކާ ގުޅޭގޮތުން ދިވެހި ފޮރިން މިނިސްޓްރީގެ ބަހެއް ހޯދުމަށް "ސަން" އިން މެންދުރުން ފެށިގެން މަސައްކަތްކުރި ނަމަވެސް، އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ. އަދި މިއަދު ހާލަތު ގޯސްވެ، ކަތަމަންޑޫ އެއާޕޯޓު ބަންދުކުރުމާ ގުޅިގެން އެހެން ޤައުމުތަކުން ދަތުރުކުރުމުގެ އިންޒާރު ނެރުނު ނަމަވެސް، ރާއްޖެއިން މިހާތަނަށް އެފަދަ އިންޒާރެއް ނެރެފައެއް ނުވެއެވެ.