9 ސެޕްޓެމްބަރު 20225: މިނިވަން މުއައްސާސަތަކާ ބެހޭ ކޮމިޓީގެ ތެރެއިން -- ފޮޓޯ: މަޖިލިސް

ފެންނަ ނުފެންނަ ވޯޓުގެ ބިލު ކޮމިޓީން ފާސްކޮށްފި

ނާއިފް ހަލީމް
 
6 ގަޑިއިރު ކުރިން

ރައްޔިތުންގެ ހިޔާލު ހޯދަން ނަގައި، ފެންނަ ނުފެންނަ ވޯޓުގެ ބިލު ދިރާސާކުރަން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން، ފެންނަ ނުފެންނަ ވޯޓުގެ ބިލު ފާސްކޮށްފިއެވެ.

މި ބިލު ފާސްކުރަން ނިންމީ، ބިލަށް އިސްލާހުތަކެއް ގެނައުމަށްފަހު މިއަދުގެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

ކޮމިޓީން ބިލަށް ގެނައި އިސްލާހުތަކަކީ:

  • ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގުމަށް މަޖިލީހުން ގަރާރު ފާސްކޮށް، އެދޭ ތާރީހުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ގަރާރު ނެރުއްވާ ތާރީހުން ފެށިގެން ވޯޓު ނެގުމާމެދު މަދުވެގެން 45 ދުވަސް އޮންނަން ޖެހޭނެ ކަމަށް ބުނާ މާއްދާ ބަދަލުކޮށް، 45 ދުވަހަށްވުރެ މަދު މުއްދަތެއްގެ ތެރޭ ވޯޓު ނެގުމުގެ އިޚްތިޔާރު އީސީ އަށް ދިނުން
  • މިފަދަ ވޯޓެއް ފާސްވާނީ ސައްހަ ވޯޓުގެ 50 އިންސައްތަ އަށްވުރެ އިތުރަށް ވޯޓު ލިބިގެން ކަމަށް ބުނާ މާއްދާއެއް ވެސް އިތުރުކުރުން
  • ވޯޓަށް ބޭނުންވާ ފައިސާއަށް އެދޭތާ 10 ދުވަހުގެ ތެރޭ އެކަން ފިނޭންސް މިނިސްޓްރީން އީސީއަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބުނެ މާއްދާއެއް އިތުރުކުރުން