މީޑިއާ ބިލާއި ގުޅިގެން މަޖިލީހުގައި ކުރިއަށް ގެންދެވުނު ބައްދަލުވުމުގެ ތެރެއިން ފޮޓޯ: މަޖިލިސް

މީޑިއާ ރެގިއުލޭޓަރީ ބިލާއި ގުޅިގެން މީޑިއާތަކާއި ބައްދަލުކޮށްފި

އާއިޝަތު އަނާ ރަޝީދު
 
6 ދުވަސް ކުރިން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ދިވެހިރާއްޖޭގައި ރަޖިސްޓަރ ކޮށްފައިވާ މީޑިއާތަކާ މިއަދު ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި މީޑިއާ ރެގިއުލޭޓަރީ ބިލުގައި ހިމެނޭ މުހިންމު ކަންތައްތަކާއި، މީޑިއާތަކުގެ ކަންބޮޑުވުންތަކާއި، އަދި ބިލު އިތުރަށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

https://x.com/mvpeoplesmajlis/status/1962441953439846671?s=46

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި، މި ބިލަކީ ދިވެހިރާއްޖޭގެ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދިނުމާއެކު، ޒިންމާދާރު ނޫސްވެރިކަމެއް ކުރިއެރުވުމަށް މަގުފަހިކޮށްދޭނެ ބިލެކެވެ.

ބައްދަލުވުމުގައި ބައިވެރިވި މީޑިއާތަކުން ބިލާ ގުޅޭގޮތުން އެކި ކަންބޮޑުވުންތައް ފާޅުކޮށް، ބިލު އިތުރަށް ފުރިހަމަކުރުމަށް ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި މީޑިއާތަކުގެ އެޑިޓޯރިއަލް މިނިވަންކަމާއި، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.

ކޮމިޓީން މިހާރު ވަނީ މީޑިއާތަކުން ހުށަހެޅި ޚިޔާލުތަކާއި ކަންބޮޑުވުންތައް ރިވިއުކޮށް، ބިލަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.