އެމްޖޭއޭގެ ރައީސް، އަލީ ރިފްޝާން - - ފޮޓޯ: އައްޑޫލައިވް

ރިފްޝާންއަށް އިންޒާރު ދީފި!

އާއިޝަތު އަނާ ރަޝީދު
 
8 ދުވަސް ކުރިން

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސް އަލީ ރިފްޝާނަށް ބިރުދައްކައި އިންޒާރު ދީފައިވާކަން ހާމަވެއްޖެއެވެ.

މީޑިއާ ބިލާ ގުޅޭ ގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހިއްސާކުރުމަށް، މުލިއާގެއަށް ވަޑައިގަންނަވަނިކޮށް އެމަނިކުފާނުގެ އަރިހަށް ގޮސްފައިވާތީ، އެކްސް (ކުރީގެ ޓްވިޓަރ) މެދުވެރިކޮށް ވަނީ ރިފްޝާނަށް ބިރުދައްކައި އިންޒާރު ދީފައެވެ.

އިންޒާރުގެ މެސެޖުގައި ރިފްޝާނަށް އަމާޒުކޮށް، ރައީސްގެ ފަހަތުން ނޫސްވެރިން ދުވުމަށް ނަހަދަން އަންގައި، އެކަން ކުރުމުން ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެ ކަމަށް ބުނެފައިވެއެވެ. އަދި މީޑިއާ ބިލް އޮތްގޮތަށް ފާސްކޮށް، މީޑިއާ ކޮންޓްރޯލް ކުރާނެ ކަމަށާއި، އެމްޖޭއޭގެ ރައީސްކަމުން އިސްތިއުފާ ދިނުމަށް ވެސް އަންގާފައިވެއެވެ.

އިންޒާރުގެ މެސެޖު ފޮނުވި އެކައުންޓު މިހާރު ވަނީ ޑިލީޓްކޮށްފައެވެ. އަދި މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނައުމަށް އެމްޖޭއޭއިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.