ޑްރަގް އެންފޯސްމަންޓް ޑިޕާޑްމެންޓު -- ފޮޓޯ: ފޮލިސް މީޑިއާ

ބޮކްސާތެރެއަށް ލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މުހައްމަދު ހަމީޒް
 
21 ގަޑިއިރު ކުރިން

ބޮކްސާތެރެއަށް ލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ އަޙުމަދު ޒާހިދު ނަމަކަށް ކިޔާ 50 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ރާއްޖެ އައިއިރުއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ޢަމުރުގައިވާގޮތުން، އެ މީހާގެ އަތުން 250 ގްރާމްގެ މެފްޑްރޯން ފެނިފައިވެއެވެ. މީގެއިތުރުން، މަސްތުވާތަކެތި ފެނިފައިވަނީ އޭނާ ލައިގެން ހުރި ބޮކްސާގެ ތެރެއިން ކަމަށް ފުލުހުންނާއި ކަސްޓަމްސްގެ ލިޔުންތަކުގައިވާކަމަށް އެ ޢަމުރުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ މީހާ 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ޢަމުރުކޮށްފައިވާއިރު، އޭނާ ކޯޓުގައި ބުނެފައިވަނީ މި މައްސަލާގައި ހިމެނޭ އަސްލު މީހާ ހޯދުމަށް ފުލުހުން މަސައްކަތް ނުކުރާކަމަށެވެ.