ލޮރީ ފުރޮޅާލައިފައި --

ހައިވޭގައި ލޮރީއެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް

ނާއިފް ހަލީމް
 
20 ގަޑިއިރު ކުރިން

ހުޅުމާލެ އާއި މާލެ ގުޅުވާލަ ދޭ ބްރިޖާ ގުޅިފައި އޮންނަ ހައިވޭގައި ލޮރީއެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މިއަދު ފުރޮޅާލައިފިއެވެ.

މިއަދު މެންދުރު ހިނގި މި އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން ބުނީ, ހައިވޭގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ފުރޮޅު ފަޅައިގެން ގޮސް, ޑިވައިޑަރުތަކުގައި ޖެހި ޕިކަޕު ފުރޮޅާލައިފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ކޮންޓްރޯލުން ނެއްޓި ޕިކަޕު ވަނީ ކާރެއްގައި ވެސް ޖެހިފައި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ކާރަށް މާބޮޑު ގެއްލުމެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގައި ޕިކަޕު ދުއްވަންއިން މީހާ ހިމެނޭ ގޮތަށް އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

ނަމަވެސް ފުލުހުން ބުނީ ފުރޮޅާލި ޕިކަޕަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

އެ ޕިކަޕު އެ ސަރަހައްދުން ނަގައި  ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.