ނޭޕާލުގެ ބޮޑު ވަޒީރާއި އެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން - - ފޮޓޯ: ރައީސް އޮފީސް

ނޭޕާލުގެ ބޮޑު ވަޒީރާއި ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

އާއިޝަތު އަނާ ރަޝީދު
 
5 ދުވަސް ކުރިން

އެސްސީއޯ ސަމިޓުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލި އާ މުހިންމު ބައްދަލުވުމެއް ބާއްވަވައިފި އެވެ.

މި ބައްދަލުވުން ކުރިއަށް ގެންދެވުނީ ޓިއާންޖިން މެއިޖިއާން ކޮންވެންޝަން ސެންޓަރުގައެވެ.

އެގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރި ގުޅުން އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. ޚާއްޞަކޮށް ތަޢުލީމީ ދާއިރާއާއި، އިޤްތިޞާދީ ދާއިރާގައި އެއްބާރުލުން އިތުރުކުރުމާއި، ބައިނަލްއަޤްވާމީ ފޯރަމްތަކުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަމާމެދު ވާހަކަދެކެވުނެވެ. އަދި ސަރަޙައްދީ ފެންވަރުގައި ގުޅުން ބަދަހިކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

ބައްދަލުވުން ނިމުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ ނޭޕާލުން ދިވެހިރާއްޖެއާއެކު ދަމަހައްޓަމުން އަންނަ ބަދަހި ގުޅުމަށްޓަކައި ޝުކުރު ދަންނަވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެ ލީޑަރުންވެސް ދެއްވިއެވެ.