އެސް.ސީ.އޯ ސަމިޓްގެ ތެރޭގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައިފިއެވެ.
މި ދެ ލީޑަރުން ޗައިނާއަށް ވަޑައިގެންފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން އެކްސް ޕްލެޓްފޯމްގައި ޕޯސްޓެއް ކުރައްވަމުން، ބޮޑުވަޒީރު މޯދީ ފާހަގަކުރެއްވީ ދެ ޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ އެކުވެރިކަމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް ލިބެމުންދާ ގިނަގުނަ މަންފާތަކެވެ.
https://x.com/narendramodi/status/1962123585692283113?s=46
އެންމެ ގާތް އަވައްޓެރިޔާގެ ހައިސިއްޔަތުން، ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ދަނީ ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވަމުންނެވެ. މީގެ ކުރިން، ރާއްޖޭގެ މިނިވަންކަމުގެ 60 އަހަރީ ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ބޮޑުވަޒީރު މޯދީ ވަނީ ރާއްޖެ ޒިޔާރަތްކުރައްވާފައެވެ. މިހާރު ދެ ޤައުމުގެ ގުޅުން ބައްޓަންވެފައި މިވަނީ ދެ ޤައުމުގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށެވެ.