މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ފަސް ގައުމަކުން އެއް ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކުރީ ޗައިނާ ފަތުރުވެރިންނެވެ. ދެން އެންމެ ގިނައީ ރަޝިޔާ، އިނގިރޭސިވިލާތް، އިޓަލީ އަދި ޖަރުމަނުންނެވެ. ރާއްޖެއަށް އެންމެ ގިނައިން މީގެ ކުރިން ޓޫރިސްޓުން އަންނަ އެއް ގައުމު ކަމަށްވާ އަވަށްޓެރި އިންޑިއާއިން އަދި ލައްކައެއް ހަމައެއް ނުވެ އެވެ. އެ ގައުމު އޮތީ ލިސްޓުގެ ހަވަނައިގަ އެވެ.
އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތައް
ޗައިނާ - 235،245
ރަޝިއާ - 177،581
އިނގިރޭސިވިލާތް - 134،114
އިޓަލީ - 106،230
ޖަރުމަނުވިލާތް - 102،496
އިންޑިއާ - 86،045
އެމެރިކާ - 43،560
ފްރާންސް - 40،979
ސްޕެއިން - 34،132
އޮސްޓްރޭލިއާ - 27، 122
މި ނިމުނު އޮގަސްޓު މަހަކީ މިދިޔަ ތިން އަހަރުގެ ތެރޭ އެންމެ ގިނައި ޓޫރިސްޓުން ޒިޔާރަތްކުރި އޮގަސްޓު މަހެވެ. މި އަހަރު ހިމަނައިގެން ވޭތުވެދިޔަ ހަތަރު އަހަރު ވެސް ފަތުރުވެރިން އަންނަ މިންވަރު ދަނީ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންނެވެ. ނިސްބަތުން އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ 2022 ވަނަ އަހަރެވެ.