އިންޑޮނޭޝިއާގެ މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރި މައްސަލައިގައި ރައްޔިތުންގެ ނުރުހުން ފާޅުކުރުމަށް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާތައް ފަށައިފިއެވެ
މުޒާހަރާތައް އިތުރަށް ގޯސްވެގެން ދިޔައީ، މުޒާހަރާގައި ބައިވެރިވި ޓެކްސީ ޑްރައިވަރަކު ފުލުހުންގެ އުޅަނދަކުން ޖެހި މަރުވުމާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންނާއި މުޒާހަރާކުރާ ފަރާތްތަކާ ދެމެދު ބޮޑެތި ހަމަނުޖެހުންތައް ހިނގައި، މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފައެވެ.
ޓެކްސީ ޑްރައިވަރުގެ މަރުގެ މައްސަލައިގައި އިންޑޮނޭޝިއާ ފުލުހުން ވަނީ މަޢާފަށް އެދި، މައްސަލަ ތަޙުޤީޤު ކުރަން ފަށާފައެވެ. މުޒާހަރާތައް ފެށިފައިވަނީ ޕާލަމެންޓް މެންބަރުންގެ މުސާރަ 3,030 އެމެރިކާ ޑޮލަރަށް އިތުރުކުރުމާ ގުޅިގެންނެވެ. މިއީ އެ ގައުމުގެ މިނިމަމް ވޭޖަށްވުރެ 10 ގުނަ ބޮޑު އަދަދެކެވެ. މި މައްސަލައިގައި ރައްޔިތުން މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރާތާ މިހާރު ވަނީ ހަފުތާއެއްހާ ދުވަސް ވެފައެވެ.