ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑެބޭބެ، ކެރަފާ އަބްދުލް ޣަނީ ނިޔާވެއްޖެއެވެ.
އެކްސްގައި ޝެއާކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ބޮޑުބޭބެ ނިޔާވެފައިވާ ކަމަށާއި އަދި އެއީ ދިވެހި ރާއްޖެއަށް މުހިންމު އެތައް ދާއިރާކުން އަގުހުރި ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައި ވިދާޅުވެފައެވެ.
https://x.com/mohamednasheed/status/1959972574554706013?s=46
އެގޮތުން ފާހަގަކޮށްލެވޭ ގޮތުގައި އަބްދުލް ޢަނީ އަކީ އެލެކްޓްރިފިކޭޝަން އާއި ރާއްޖޭގެ ފަތުރުވެރިކަނުގެ ސިނާއަތުގެ އިތުރުން ވޮކޭޝަނަލް ޓީޗިންގ ފަދަ ބޮޑެތި ދާއިރާތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ފަރާތެކެވެ.