ކުރީގެ ރައީސް، މުހައްމަދު ނަޝީދު

ބިނާކުރަންވީ އިސްލާމީ ރީތި އުސޫލުތަކުގެ މައްޗަށް ގާއިމުވެފައިވާ ޤައުމިއްޔަތެއް: ރައީސް ނަޝީދު

އާއިޝަތު އަނާ ރަޝީދު
 
16 ދުވަސް ކުރިން

ބިނާކުރަންވީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭ އަދި އިސްލާމީ ރީތި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޤައުމިއްޔަތެއްކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

އެކްސްގައި ލިޔުއްވި ޕޯސްޓެގައި ރައީސް ނަޝީދުވަނީ ދިވެހިރާއްޖޭގެ ގައުމީ ދުވާހާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރަމުން ޤައުމިއްޔަތެއް ބިނާކުރުން މުހިންމީ ވަކި ކަންކަމެއްގެ މައްޗަށް ކަމުގައި ފާހަގަކޮށްފައެވެ.

https://x.com/mohamednasheed/status/1959535747012116757?s=46

އެގޮތުން އެމަނިކުފާނު ވިދާޅުވެފައިވަނީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދީ އިސްލާމީ ރީތި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ އަދި ޑިމޮކްރަޓިކް ހަމަތަކުގެ ތެރެއިން ތަނަވަސް ފާޣަތިކަން ގެނެސްދޭ ޤައުމިއްޔަތެއް ބިނާކުރުމަކީ މިއަދު ކޮންމެ ދިވެއްސަކުވެސް އިސްކަން ދޭންޖެހޭ ކަމެ ކަމުގައި ފާހަގަކޮށްފައެވެ.