އއ. އަތޮޅު ކައުންސިލް ރައީސް -- ފޮޓޯ: އއ. އަތޮޅު ކައުންސިލް

އއ އަތޮޅު ކައުންސިލްގެ އެސްޖީ ސަސްޕެންޑުކޮށްފި!

އާއިޝަތު އަނާ ރަޝީދު
 
1 ދުވަސް ކުރިން

އއ. އަތޮޅު ކައުންސިލްގެ ސެކެޓްރީ ޖެނެރަލް، މުހައްމަދު ޝަފީގު ވަކި ސަބަބެއް އެންގުމެއް ނެތި ސަސްޕެންޑުކޮށްފިއެވެ. 

މިދިޔަ ހޯމަ ދުވަހުން ފެށިގެން ޝަފީގު ސަސްޕެންޑުކޮށްފައިވާއިރު، މަސްއޫލިއްޔަތުތަކުން އެކްހެރިކޮށްފައިވަާކަން އެނގުނީ އެދުވަހު ވަޒީފާއަށް ނިކުމެ މަސައްކަތުގައި އުޅެނިކޮށް ކަމުގައި ޝަފީގު ވިދާޅުވެފައިވެއެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި މަގާމުން ސަސްޕެންޑުކުރިކަމަށް އަންގައި ފޮނުވާފައި ސިޓީގައި ބަޔާންކޮށްފައިވަނީ އަންނަ މަހުގެ 17 ގެ ނިޔަލްށް މުސާރަ ހިނގާ ގޮތަށް ސަސްޕެންޑުކޮށްފައިވާކަމަށެވެ. އަދި ސިވިލް ސާވިސްގެ ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވުމާއި ގުޅިގެން ސަސްޕެންޑުކުރެވިފައިވާކަމުގައިވެސް ބުނެފައިވއެވެ. 

ނަމަވެސް ވަކި މައްސަލައެއް ހާމަކޮށްފައިނުވެއެވެ. 

މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި ޝަފީގު ވަނީ، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު އއ އަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރާއި ދިމާކޮށް ސޯޝަލް މީޑިއާގައި ޅެމެއް ހިއްސާކޮށްފައެވެ.