ޕީއެންއެފްގެ އިސްބޭފުޅުން...

ޕީއެންއެފްގެ ވޭކް އަޕް ޖަލްސާ މިމަހު ބާއްވަނީ

އާއިޝަތު އަނާ ރަޝީދު
 
6 ދުވަސް ކުރިން

ޕީޕަލްސް ނޭޝަނަލް ފްރޮންޓްގެ ފުރަތަމަ ބޮޑޮ އެއްވުން ކަމުގައިވާ ''ވޭކް އަޕް" ޖަލްސާ މިމަހު 21ގައި ބާއްވަން ނިންމައިފިއެވެ.

މިއަދު ބޭއްވުނު ނޫސްބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ރައީސް ޒޭން އަބްދުﷲ ޔާމީން ވިދާޅުވީ ޤައުމަށް ނާމާން ދުވަސްކޮޅެއް އައިސްފައިވާކަން މިހާރު ގައުމުގެ ހާކަތަސް ނަޒަރު ހިންގާލިނަމަވެސް ފެންނާން އޮތް ކަމަށާއި އެހެންކަމުން މިހަރަކާތް ކުރިއަށް ގެންދެވެނީ ޤައުމީ ބޮޑު އެއްވުމެއްގެ ގޮތުގައި ކަމަށެވެ. އަދި މިރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވަޑައިގަންނަވާ ކަމުގައިވެސް ޕީއެންއެފް އިން ބުނެފައިވެއެވެ.

އަންނަ ހަފްތާގެ ހޯމަ ދުވަހު ބާއްވަން ތައްޔާރުވަމުންދާ ޖަލްސާ ޕްރޮމޯޓު ކުރުމަށް މިޕާޓީއިން ވަނީ ޑޯ ޓު ޑޯގެ ހަރާކަތެއްވެސް މިއަދު ލޯންޗްކޮށްފައެވެ. ޑޯ ޓު ޑޯ ހަރަކާތުގައި ޕާޓިގެ އިސްވެރިން ބައިވެރިވެފައިވާއިރު، ހަރަކާތުގެ ތެރެއިން އާއްމުންނަށް ވަނީ ޖަލްސާގެ މައިގަނޑު މަޤްސަދުވެސް ކިޔައިދީފައެވެ. 

ޗެނަލް 13 އާއި ވާހަކަދައްކަމުން މި ޕާޓިޣެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅެއްކަމުގައިވާ އަހުމަދު ފަޔާޒް (ޕާޕާ ފަޔާޒް) ވެސް ޤައުމު ވެއްޓިފައިވަނީ ބޮޑު އަނދަވަޅެއްގެ ތެރެއަށް ކަމަށް ފާހަގަކޮށް، ސަރުކާރުން ޤާނޫނަށް ގެންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ރައްޔިތުން ހިތްހަމަނުޖެހިފައިވާ ހިނދު، އެކަމާއި ދެކޮޅަސް އަޑު އުފުލަން ޖެހޭނެ ކަމުގައެވެ.

ޕާޓިގެ ޖަލްސާ މިމަހު 21 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޕާޓީގެ ރައީސް، ޒޭން ވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ރައްޔިތުންވެސް މިހަރަކާތުގައި ބައިވެރިވެލެއްވުމަށް ގޮވާލާފައެވެ.