މަނާކުރި ކޮފްސީ ސިރަޕް --

ކުޑަކުދިންނަށް ދޭ 'ކޮފްސީ ސިރަޕް' މަނާކޮށްފި

ނާއިފް ހަލީމް
 
2 ދުވަސް ކުރިން

ކެއްސުމާއި ރޯގާއަށް ރާއްޖޭގައި އާއްމުކޮށް ދޭ އުޅޭ ބޭހެއް ކަމަށްވާ، 'ކޮފްސީ ސިރަޕް' މަނާކޮށްފިއެވެ.

މި ބޭސް އާއްމުކޮށް ކުޑަކުދިންނަށް .ދީ އުޅެއެވެ.

އެކަމަކު ހެލްތު މިނިސްޓްރީން މިއަދު ނެރުނު އެލާޓެއްގައި ބުނީ ރާއްޖޭގައި މިހާރު ވިއްކަން ހުރި ކޮފްސީ ސިރަޕުން ކޮލިޓީ މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންވެ މިއަދުން ފެށިގެން، އެ ބޭސް ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ ވެސް މަނާކަމެއް ކަމަށް ބުންޏެވެ. އަދި އެއްވެސް ބޭސް ފިހާރައެއްގައި މި ބޭސް ހުރި ނަމަ، އުސޫލާ އެއްގޮތަށް ނައްތާލުމަށް އެލާޓުގައި ބުނެފައިވެއެވެ.

އެތަނުން ބުނިގޮތުގައި މި ބޭސް ބޭނުންކޮށްގެން ސިއްހީ މައްސަލައެއް ދިމާވި ކަމަކަށް މިހާތަނަކަށް އެތަނަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.

''ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަން ކުރުމުގައި ބަހައްޓަން ޖެހޭ މިންގަނޑުތަކަށް ސަމާލުވުމަށް ދަންނަވަމެވެ،" ހެލްތު މިނިސްޓްރީގެ އެލާޓުގައި ބުންޏެވެ.