މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މިއަދު އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭވެހިފައިވަނީ އައްޑޫ ސިޓީ ހިތަދޫއަށް ކަމަށް ހާމަވެއްޖެއެވެ.
އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް ހިތަދުއަށް 119.2 މިލިމީޓަރުގެ ބޯކޮށް ވާރޭވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ދޫކުރި މައުލޫމާތުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ހިތަދުއަށް އެންމެ ގިނައިން ވާރޭވެހިފައިވާއިރު، ދެވަނައަށް އެންމެ ބޯކޮށް ފެނުނީ އައްޑޫ ސިޓީ ގަމަށެވެ. އެއީ، 66 މިލިމީޓަރުގެ ވާރެއެވެ. ތިންވަނައަށް އެންމެ ބޯކޮށް 54 މިލިމީޓަރުގެ ވާރޭ ވެހުނީ ވެސް އައްޑޫ ސިޓީ ހުޅުމީދުއަށެވެ.