ރައީސަށް މަރުގެ އިންޒާރު ދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ -- ފޮޓޯ: ފުލުހުން

ރައީސަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

އާއިޝަތު އަނާ ރަޝީދު
 
6 ދުވަސް ކުރިން

ސޯޝަލް މީޑިއާގައި ދިވެހިރާއްޖެގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފެންމަތިވެ އިންޒާރުދިން މީހާ ހައްޔަރުކޮށްފިއެވެ. 

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދީފައިވަނީ ތ. ތިމަރަފުށި/ މަލަސް، މަސީހު މޫސާ އެވެ. މިމައްސަލައާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިރޭގެ ވަގުތެއްގައެވެ.

މީގެ އިތުރުން މިއަމުރުގެ ދަށުން ވަނީ އޭޏާގެ ފޯނުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސޯޝަލް މީޑިއާގައި ރައީސް މުއިއްޒަށް ނިސްބަތްކޮށް މަރުގެ އިންޒާރުދީފައިވަނީ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ތަންފީޒުކުރުމަށް ދިރާސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ޚަބަރެއް ފޭސްބުކްގައި ޝެއާކުރަމުންނެވެ.