ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރެއްވި ލިޔުން ރައީސް ހަވާލުކޮށްދެއްވަނީ --- ފޮޓޯ: ރައ

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރައްވައިފި

މުހައްމަދު ހަމީޒް
 
7 ގަޑިއިރު ކުރިން

އުއްތަމަފަނޑިޔާރު ކަމަށް އަބްދުލްޣަނީ މުހައްމަދު މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އަބްދުލްޣަނީ އެ މަގާމަށް އައްޔަންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ޢަބްދުލްޣަނީއަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

މި ފަހުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުލްޣަނީ ވަނީ މީގެ ކުރިން އިސްލާމިކް ޔުނިވާސިޓީގައި ކިޔަވައިދެއްވައިފައެވެ.

އަބްދުލްޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން ޖުޑީޝަރީގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެގޮތުން، މަދަނީ ކޯޓުގެ ގާޒީ ކަމަށް ފަހު ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި، އޭގެ ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވުމުގެ އިތުރުން، ޖޭއެސްސީގެ ރައީސްކަމުގެ މަގާމު ވެސް ފުރުއްވިއެވެ.