ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު

ޖޭއެސްސީ އިން ލަފާ ދިނީ އުއްތަމަ ފަނޑިޔާރުކަމަށް ޢަނީ އައްޔަންކުރަން!

އާއިޝަތު އަނާ ރަޝީދު
 
3 ދުވަސް ކުރިން

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލާފައިވާ 3 ބޭފުޅުންގެ ތެރެއިން އަބްދުލްޢަނީ މުހައްމަދު އެމަގާމަށް އައްޔަންކުރުމަށް ޖޭއެސްސީ އިން މިއަދު  ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ލަފާދެއްވައިފިއެވެ.

މިއަދު ކުރިއަށޤ ގެންދިޔަ އިންޓަވިއުއަށް ފަހަށް މަގާމަށް ނެގުމަށް ލަފާދީފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބދުލްޢަނީ މުހައްމަދެވެ.

އުއްތަމަ ފަނޑިޔާރެއްގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ ހަފްތާގެ އަންގާރައަށް ހަމަވެފައިވާއިރު، މި މަގާމަށް ކުރިމަތިލާފައިވަނީ 3 ބޭފުޅެކެވެ. އެއީ އަބްދުލްޢަނީ މުހައްމަދުގެ އިތުރުން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު އަދި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރްމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދެވެ.

އުއްތަމަ ފަނޑިޔާރެއްގެ މަގާމަށް މި 3 ބޭފުޅުން ކުރިމަތިލާފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު މަގާމުން ރިޓަޔަވުމާ ގުޅިގެންނެވެ. 

މިމަގާމަށް ބޭފުޅަކު އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަމެއް ތަޅުމުން ފާސްކޮށްގެންނެވެ.