ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް

ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސް ސިންގަޕޫރުން އެނބުރި ވަޑައިގެންފި

މުހައްމަދު ހަމީޒް
 
19 ގަޑިއިރު ކުރިން

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

މިއީ ނުރަސްމީ ދަތުރުފުޅަކަށްވާތީ ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ ހަފްތާގަ އެވެ.