މިއަދު ކުރިއަށް ގެންދެވުނު ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ލަންކާގެ ރައީސް ސަލްޓަން ޕާކުގައި ގަހެއް އިންދަވައިފި

އާއިޝަތު އަނާ ރަޝީދު
 
7 ދުވަސް ކުރިން

ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުގެ ތެރެއިން ދެގައުމުގެ ގުޅުން ބަދަހި ކުރުމަށްޓަކައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދަވައިފިއެވެ.

މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު ސަލްޓަން ޕާކުގައި ކުރިއަށް ގެންދެވުނު ރަސްމިއްޔާތުގެ ތެރެއިންނެވެ. މިހަރަކާތަކީ ދެގައުމުގެ ދެމެދު އޮތް ރަޙްމަތްތެރިކަން އތުރަށް ބަދަހިވެ ތިމާވެށި ހިމާޔަތް ކުރުމުގައި ދެޤައުމުން ދެއްވާ އަހަންމިއްޔަތުކަން ހާމަވެގެންދާކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ރާއްޖެއަށް ޒިޔާރާތް ކުރައްވާ މިފަދަ ރަސްމީ ވަފްދުތަކުގެ ބޭފުޅުން މި ހަރާކތުގައި ބައިވެރިވަމުންދާއިރު، ސްރީ ލަންކާގެ ރައީސް ވަނީ މިހަރަކާތުގެ ބައިވެރިވުމުގެ ގޮތުން މޫނިމާ ގަހެއް އިންދާފައެވެ.

އިންޑިއާގެ ޕްރައިމް މިނިސްޓަރ، ސްރީ ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުގައިވަނީ މިހަރަކާތުގައި ބައިވެރިވެފައެވެ.