މި ރަސްމިއްޔާތުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި، ކުށުގެ ތަހުގީގާއި ދައުވާ ކުރުމުގައި ދެ ގައުމުގެ ދެމެދުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދެގައުމުން ގުޅިގެން ޑިޕްލޮމެޓުން ތަމްރީންކުރުމާއި، އެދާއިރާއިން ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުން ހިމެނެއެވެ.
މީގެ އިތުރުން، ހާރިޖީ ގުޅުންތަކާއި ޑިޕްލޮމެޓުންނަށް ތަމްރީނު ޕްރޮގްރާމުތައް ހިންގުމަށް ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެފް.އެސް.އައި.އޯ.އެމް) އާއި ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް ޑިޕްލޮމެޓިކް ޓްރެއިނިން އިންސްޓިޓިއުޓް (ބީ.އައި.ޑީ.ޓީ.އައި) އާ ދެމެދު ވެވުނު އެއްބަސްވުމެއްގައި ވެސް ސޮއިކުރެވުނެވެ. މި އެއްބަސްވުންތަކުގެ މަޤްޞަދަކީ ދެޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކޮށް، ޚާއްސަކޮށް ޤާނޫނީ އަދި ޑިޕްލޮމެޓިކް ދާއިރާގައި ގުޅިގެން މަސައްކަތްކުރުމެވެ.
މި އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލްއެވެ. ލަންކާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރު ވިޖިދާ ހެރެތްއެވެ.
ލަންކާގެ ރައީސް ޑިސަނަޔަކެ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ ދެޤައުމުގެ މެދުގައި އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބެލެވެއެވެ.