މޫސުން ގޯސްވެފައި --

ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފި

ލަމްޔާ އަލީ ހާޝިމް
 
4 ދުވަސް ކުރިން

ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މެޓު އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

މި ގަޑިތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ. 

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފަ އެވެ.

މެޓް އޮފީހުން ވަނީ މި ސަމާލުގެ ވަގުތުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.