ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް ސަރވިސް) އިން ބުނީ މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން23:41 ހާއިރު 6.2 މެގްނިޓިއުޑްގައި ކަމަށެވެ. މި ބިންހެލުން އައިސްފައިވަނީ ރާއްޖެއާއި 2215 ކިލޯމީޓަރު ދުރުންކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައި އެވެ.
އަދި މި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް އަސަރުކުރާނެ ކަމަށް ނުބެލެވޭކަމަށްވެސް މޫސުމާއި ބެހޭ އިދާރާ (މެޓް ސަރވިސް) އިން ވަނީ ބުނެފައި އެވެ.