މޫސުން ގޯސް: ކަނޑުދަތުރުކުރުމުގައި ސަމާލުވުން މުހިންމު

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި

އާއިޝަތު އަނާ ރަޝީދު
 
5 ދުވަސް ކުރިން

މުޅި ދިވެހިރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.

އެގޮތުން ޤައުމީ މޫސުމާ ބެހޭ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލުނެރެ، ވިލާގަނޑުގައި 50 މޭލަށް ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށާއި، ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރު ކުރަންޖެހޭ ހާލަތުގައި ވެސް މޫސުމަށް ސަމާލުވުމަށް އެމް.އެން.ޑީ.އެފް އިން އެދިފައިވެއެވެ. އަދި ރޭގަނޑު ދަތުރު ނުކުރުމަށާއި މޫސުން ތަންނުދޭ ހާލަތުގައި ދަތުރު ފަސްކޮށް، މެޓް އޮފީހުން ރީނދޫ ނުވަތަ އޮރެންޖް އެލާޓް ނެރެފައިވާނަމަ ދަތުރުނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދުގެ ވަގުތެއްގައި މެޓް އޮފީހުން ވަނީ މިއަދުގެ މޫސުން ލަފާކޮށް މެންދުރު 14:00 އިން މިރޭގެ 20:00 ޖަހަންދެން މުޅި ރާއްޖެއަށް ހުދު ސަމާލެ ނެރެފައެވެ.