މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ގޯސްވެ، މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ހުދު ސަމާލު ނެރެފައެވެ.
މިއަދުގެ މޫސުން ލަފާކޮށް މެޓު އޮފީހުން ބުނެފައިވަނީ މިއަދު މެންދުރު 14:00 އިން މިރޭގެ 20:00 ޖަހަންދެން މުޅި ރާއްޖެއަށް ހުދު ސަމާލެ ނެރެފައިވާކަމަށާއި މިވަގުތުގައި ރާއްޖެއަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
އަދި ހަމައެއާއިއެކު ގަޑިއަކު 45 މޭލަށް ވައި ގަދަވުމާއިއެކު ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުންވަނީ ލަފާކޮށްފައެވެ.
ޤައުމީ މޫސުމާއި ބެހޭ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.