ރާއްޖޭއަށް ކުރަމުންދާ ވިއްސާރާގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓު އޮފީހުން މައުލޫމާތު ދީފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ވިއްސާރަ އާއި ގުޅިގެން ރާއްޖޭގެ ބޮޑުބަޔަކަށް ރީނދޫ ސަމާލު ނެރެފައެވެ. ރީނދޫ ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފ އަތޮޅަށެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު، މިއަދާއި، ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދާވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މި ދުވަސްތަކުގައި ވައި ބާރުވެ ކަނޑުތައް ގަދަވެ އަދި ބޮޑު ބަޔަކަށް ވިއްސާރާނެ ކުރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މެޓް އޮފީހުން ބުނީ ބޮޑު ބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށެވެ. އަދި ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާ ކަނޑުތައް, ހާއްސަކޮށް ކަނޑުއޮޅިތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށެވެ.
އެހެން ކަމުން ދަތުރުވެރީން މޫސުމަށް ސަމާލުވެ ދަތުރަށް ފުރުމުގެ ކުރީން އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.