މަސްވެރިކަން ކުރުމަށް ފުރި ދޯންޏެއް، އޭގައި ތިބި ހަތް ފަޅުވެރިންނާއެކު ގެއްލިއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދެމުން ބުނެފައިވަނީ މުލަކު އަތޮޅުން މި ދޯނި ގެއްލުނު ކަމުގެ ރިޕޯޓެއް ލިބި، އެ ދޯނި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އެ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
މީގެއިތުރުން، އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މޫސުން ގޯސްވެ ކަނޑު ގަދަވެފައިވާއިރު، ކަނޑުމަތީގައި ހިނގި އެކި ބާވަތުގެ ހަތް ހާދިސާއެއް މިއަދު ކޯސްޓްގާޑަށް ވަނީ ރިޕޯޓުކުރެވިފައެވެ.