ފަރަށް އެރި ދޯނި - - ފޮޓޯ: އެމްއެންޑީއެފް

ފަރަށް އެރި ދޯންޏަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި.

އާއިޝަތު އަނާ ރަޝީދު
 
12 ގަޑިއިރު ކުރިން

ހއ. އަތޮޅު މަނަފަރު ރިސޯޓުން ކ. ތިލަފުއްޓަށް ދަތުރުކުރަމުން ދިޔަ “ގުރުވަ 1” ފަރަށް އަރައި ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. 

މައުލޫމާތު ލިބޭ ގޮތުގައި މިދޯނި ދަތުރުކުރަމުންދިޔައީ ކުނި ބަރުކޮށްގެން ކަމަށާއި ދޯނީގައި ފަޅުވެރިން ހަރަކާތްތެރިވަމުން ދިޔަކަން ފާހަގަކުރެވެއެވެ. 

ދިވެއްސަކާއި ދެ ބިދޭސީންނާ އެކު ދަތުރުކުރަމުންދިޔަ މި ދޯނި، ނ.ކުޑަރަށް ކައިރިން ފަރަށް އެރި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ އޮގަސްޓި 1ވަނަ ދުވަހުގެ 23:24 ހާއިރުއެވެ. އަދި އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ވަނީ އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން ވަނީ ހާބަރކްރާފްޓްއަށް ނަގާފައެވެ. 

އެމްއެންޑީއެފް ގެ އެހީ އަކު ދޯނީގައި ތިބި ފަޅުވެރިން ވަނީ މިއަދު 08:45 ހާއިރު ނ.ހޮޅުދޫއަށް ގެންގޮސްދީފައި އަދި އެންމެންގެވެސް ހާލު ރަނގަޅު ކަމުގައި އެމްއެންޑީއެފް އިން ބުނެފައިވެއެވެ.