ތ. ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮ ދޯންޏެއްގައިމިަދު ހެދުނު 9:41 ހާއިރު އަލިފާން ރޯވެ ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވެއްޖެވެ.
ވިލުފުށީ ކައުންސިލް ރައީސް ހުސެއިންޖަބީން ޖުމްލަ ނޫހަށް މަުލޫމާތު ދެއްވަމުން ވިދާޅުވީ ރޯވީ ތެލުގެ ވިޔަފާރިކުރާ އަމިއްލަ މީހެއްގެ ދެ ދޯނީގައި ކަމަށެވެ. މި ހާދިސާގައި ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައި ނަމަވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށާއި، މި ދެމީހުންނަށް ވެސް ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދެމުން ދާކަމަށް ވިދާޅުވިއެވެ،
މީގެ އިތުރަށް ޖަބީން ވިދާޅުވީ ދެ ވަނަ ދޯނީގައި ރޯވި ކަމަށް ލަފާކުރެވެނީ، ފުރަތަމަ ދޯނީގައި ރޯވި އަލިފާނުގެ އަސަރުކޮށްގެން ކަމަށެވެ.
އަނިޔާވި ދެ މީހުންނަކީ ދޯނީގެ ވެރިޔާގެ އިތުރުން ދޯނީގައި މަސައްކަށް ކުރާ ބިދޭސީ މީހާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ދެ ދޯނި ވެސް މިހާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަދާ ފައިކަމަށާއި މި ދެ ދޯނި މީގެ ދެ އަހަރު ކުރިން ވެސް ރޯވެ ގެއްލުން ލިބިފައިވާ ކަމަށާއި މިހާރު އަލިފާން ރޯވިސަރަހައްދުގައި އެމްއެންޑީއެފް އިން ހަރަކާތްތެރިވަމުންދާ ކަމަށް ކައުންސިލުން ހާމަކުރިއެވެ.