ހުޅުމާލެއިން ބަނގުރާ ފުޅިތަކެއް ނެގުން | ފޮޓޯ: ފޮލިސް

ހުޅުމާލެއިން ބަނގުރާފުޅިތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި

މުހައްމަދު ހަމީޒް
 
13 ދުވަސް ކުރިން

‎ހުޅުމާލެ ފޭސް 1 އިން ބަނގުރާފުޅިތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެެންގޮސްފިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

‎މިކަމާގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޖުލައި މަހުގެ 19 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ފެނުނު ދަބަސްތަކަކުންކަމަށެވެ. ހުޅުމާލޭ ރަށު މާރުކޭޓާދިމާ ތޮށިގަނޑުމަތީގައި ހުރި އެ ދަބަސްތަކުގެ ވެރިއަކު ނުވުމުން ދަބަސްތައް ބަލައިފާސްކުރިއިރު 36 ފުޅި ބަނގުރާ ފެނިފައިވާކަމަަށެވެ..

‎މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. 

‎މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.