ހުޅުމާލޭގައި ނުގަވައިދުން ހުރި ވެހިކަލްތައް ޓޯކުރަނީ -- ފޮޓޯ/ ހުޅުމާލެ ޕޮލިސް

ހުޅުމާލޭގައި ނުގަވައިދުން ޕާކުކުރާނަމަ ޓޯކުރަނީ

ނާއިފް ހަލީމް
 
14 ދުވަސް ކުރިން

ހުޅުމާލޭގައި ނުގަވައިދުން ޕާކުކުރާ ވެހިކަލްތައް ޓޯކުރަން ފަށައިފިއެވެ.

ހުޅުމާލެ ޕޮލިހުން މިއަދު ކުރި ޕޯސްޓެއްގައި ވަނީ ވެހިކަލް ދުއްވާ މީހުން، ގަވައިދާ އެއްގޮތަށް ޕާކުކުރަން ނަސޭހަތްތެރިވެފައެވެ. އަދި ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ޚާއްސަކޮށް، ކަފިހި ހުރަސްތައް މަތީގައާއި ޑަބަލް ލައިން މަތީގައި ޕާކުކޮށްފައި ހުންނަ ނަމަ ޓޯކުރާނެ ކަމަށް ޕޮލިހުން ބުންޏެވެ.

ފުލުހުން ބުނީ ނުގަވައިދުން ޕާކުކުރުން ފަދަ ކަންކަމަކީ އެހެން މީހުންނަށް އުނދަގޫ ކުރިމަތިވެ، ނުރައްކަލަކަށް ހުށަހެޅެން މެދުވެރިވާ ސަބަބެއް ކަމަށެވެ.