އޭދަފުށީ އިމިގްރޭޝަންގެ އޮފީސް ރައީސް ޑރ. މުއިއްޒު ހުޅުއްވައި ދެއްވުން -- ފޮޓޯ: ރައީސް އޮފީސް

އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި ޕާސްޕޯޓު ހިދުމަތް ފަށައިފި

މުހައްމަދު ހަމީޒް
 
9 މަސް ކުރިން

ބ. އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި އެވެ.

އެ އޮފީސް ހުޅުވައި ހިދުމަތް ފައްޓަވައިދެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ މަނިކުފާނެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓަށް އެދި ހުށަހެޅުމާއި ދޫކުރުމުގެ ހިދުމަތުގެ އިތުރުން އައިޑީކާޑު ވެސް އެ އޮފީހުން މިއަދުން ފެށިގެން ލިބޭނެ ކަމަށެވެ.

އޭދަފުށީގައި މިއަދު ހުޅުވި އިމިގްރޭޝަންގެ އޮފީހަކީ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އެ އަތޮޅުގައި ފެށި ފުރަތަމަ ހިދުމަތެވެ.