ގުޅީފަޅު ލޭންޑް ޔޫސް ޕްލޭން -- އެޗްޑީސީ

މިހާތަނަށް 843 ގޯތީގެ ރަޖިސްޓްރީ ދޫކޮށްފި

އާއިޝަތު އަނާ ރަޝީދު
 
9 މަސް ކުރިން

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 843 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރެވިފައިވަ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

އެކްސްގައި ޝާއިއުކޮށްފައިވާ ޕޯސްޓެއްގައި މިނިސްޓްރީއިން ބުނެފައިވަނީ މިހާތަނަށް 843 ފަރާތަކާއި ރަޖިސްޓްރީ ހަވާލުކޮށްފައިވާއިރު، ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދަނީ މިނިސްޓްރީ ކުރިން ހިންގަމުންދިޔަ އިމާރާތުގެ ބިމުގައި ކަމަށެވެ.

ގުޅީ ފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޫކުރަން ފަށާފައިވަނީ ނިމިދިޔަ ޖުލައި މަހުއެވެ.

ކުރީގެ ސަރުކާރުން ތައާރަފުކުރި 'ބިންވެރިޔާ' ޕްރޮގްރާމްގެ ދަށުން ގުޅިފަޅުން 2،000 އަށްވުރެ ގިނަ ގޯތި ދޫކުރުމަށް މިހާރުގެ ސަރުކާރުން ވަނީ ނިންމާފައެވެ. މީގެއިތުރުން ގިރާވަރު ފަޅުން ގޯތި ލިބިފައިވާ 1،347 ފަރާތެއްގެ ގޯތި ގުޅިފަޅަށް ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ.