މައްސަލަ ހައްލުވެ، ތިންގަޑިއިރު ފަހުން އުމްރާވެރިން މާލެއަށް ފުރައިފި

ނާއިފް ހަލީމް
 
12 ދުވަސް ކުރިން

އުމްރާވެރިން އުފުލުމަށް ޚާއްސަކޮށްފައި އޮތް، ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާބޯޓަށް ދިމާވި މައްސަލަ ހައްލުކޮށް، ސައޫދީ އަރަބިއްޔާގެ ޖިއްދާ އެއާޕޯޓުން ރާއްޖެ އައުމަށް ފުރައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ޖެހި މަޑުކުރަން ޖެހުނީ މޯލްޑިވިއަންގެ ފްލައިޓް ކިއު2-6360 އަށެވެ. ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ވަނީ ދަތުރު ފަށައިފައެވެ.

މޯލްޑިވިއަންގެ އޮފިޝަލް ވިދާޅުވީ ފްލައިޓް ޖިއްދާ އެއާޕޯޓުން ފުރީ މައްސަލަ ހައްލުކޮށް، ގްރައުންޑްކުރިތާ ދެ ގަޑިއިރު ފަހުން ކަމަށެވެ. ނަމަވެސް ފްލައިޓަށް ދިމާވި މައްސަލައާ ގުޅޭ ގޮތުން ސުވާލުކުރުމުން ޖަވާބު ނުދެއްވައެވެ.

މޯލްޑިވިއަންގެ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ދަތުރުތަކަށް ބޭނުން ކުރާ ބޯޓުތަކަށް މަދުމަދުން ޓެކްނިކަލް މައްސަލަތައް ދިމާވެ، ފުރުން ލަސްވުމުގެ ކަންކަން މީގެ ކުރިން ހިނގައިފައިވެއެވެ.