"ގައުމީ ނިއުސް އެޖެންސީ" އެއް އުފައްދަން ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ: ޕީއެސްއެމް

"ގައުމީ ނިއުސް އެޖެންސީ" އެއް އުފައްދަނީ

މުހައްމަދު ހަމީޒް
 
1 އަހަރު ކުރިން

"ގައުމީ ނިއުސް އެޖެންސީ" އެއް އުފެއްދުމަށްޓަކައި، ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އާއި ޕަބްލިކް ސާރވިސް މީޑިއާ ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފި އެވެ.

މި ނިއުސް އެޖެންސީ އުފެއްދުމުގެ ބޭނުމަކީ، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ޚަބަރާއި މަޢުލޫމާތު ޑިޖިޓަލް ޕޯޓަލްއެއްގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެ ވުޒާރާ އިން ބުނެ އެވެ.

މި ޚިދުމަތަކީ، ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ޚަބަރާއި މައުލޫމާތު، އަދި އެކަމަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯ ފަސޭހަކަމާއެކު ލިބިގެންދާނެ ޚިދުމަތެކެވެ.