ހާދިސާގައި ވެއްޓުނު ކުއްޖާ، ހައްވާ ޔުމްނު ރަޝީދު - - ފޮޓޯ: އަވަސް

ހާދިސާއަށް 4 މަސް، ޔުމްނުގެ ބަޔާން އަދިވެސް ނުނެގޭ!

އާއިޝަތު އަނާ ރަޝީދު
 
4 މަސް ކުރިން

މިއަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު މާލެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުން ހައްވާ ޔުމްނު ރަޝީދުގެ ބަޔާން އަދިވެސް ނުނެގޭ ކަމުގައި ފުލުހުން ބުނެފިއެވެ.

މިހާދިސާއި ހިނގައިދިޔަތާ 4 މަސް ފާއިތުވެފައިވާއިރު، މައްސަލައާއި ގުޅިގެން ފުލުހުންނަށްވެސް އަދި ރިޔާސީ ކޮމިޝަނަށްވެސް ޔުމްނުގެ ބަޔާން ލިބިފައިނުވެއެވެ،

ފުލުހުންގެ މީޑިއާ ގްރޫޕުގައި މިކަމާއި މެދު ސުވާލުކުރުމުން "ޔުމްނުގެ ބަޔާން އަދި ނުނެގޭ" ކަމަށް ފުލުހުންގެ މީޑިއާ ގްރޫޕުގައި ބުނެފައިވެއެވެ. ނަމަވެސް ބަޔާން ނެގިފައިނުވާ ސަބަބެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

މީގެ ކުރިން މެލޭޝިއާގެ ފުލުހުން މެދުވެރިކޮށް ބަޔާން ނެގުމަށް ފުލުހުން މަސައްކަތް ކުރިނަމަވެސް އާއިލާއިން ހުރަސްއެޅުމުގެ ސަބަބުން ބަޔާން ނެގިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މިކަމާ ގުޅިގެން ޔުމްނުގެ އާއިލާއިން އޭރު ބުނީ ބަޔާން ނަގަން ފުލުހުން މިހާތަނަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށާއި ރަސްމީކޮށް ލިޔުމުން އަންގައިފި ނަމަ އެކަމުގައި އެއްބާރުލުން ދޭނެކަމަށެވެ.