ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ދާއޫދު އަހްމަދު ޒިލާލް

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ދައުދު މަގާމުން ވަކިކޮށްފި

މުހައްމަދު ހަމީޒް
 
5 މަސް ކުރިން

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ދާއޫދު އަހްމަދު ޒިލާލް މިރޭ ވަނީ މަގާމުން ވަކިކޮށްފައެވެ. މިކަން އިއުލާންކޮށްފައިވަނީ ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

ދާއޫދު މަގާމުން ވަކިކުރެއްވުމަށް ނިންމަވާފައިވަނީ، ހައްވާ ޔުމްނު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގުކުރުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނުން އޭނާއާ މެދު ކޮށްފައިވާ ބޮޑެތި ތުހުމަތުތަކަކާ ގުޅިގެންނެވެ.

ރިޔާސީ ކޮމިޝަނުން ވަނީ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ދާއޫދު ދޮގު ބަޔާންތަކެއް ދީގެން ކަމެއް ފޮރުވާކަމަށް ތުހުމަތުކޮށް، އެކަން އިތުރަށް ތަހުގީގުކުރަން ވަނީ ލަފާދީފައިއެވެ.

ޔުމްނުމައްސަލައަކީ ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ހަގީގަތް ހޯދުމަށް ސަރުކާރުން ވަނީ ޚާއްސަ އިސްކަމެއް ދީފައެވެ.