މިރޭ އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކާ ގުޅިގެން ޕާކިސްތާނުގެ ވައިގެ އަސްކަރިއްޔާއިން އިންޑިއާގެ ފަސް ހަނގުރާމަމަތީ މަތިންދާބޯޓު ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ވިދާޅުވެއްޖެއެވެ.
ޖިއޯ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ، އިންޑިއާ ސިފައިންގެ ހަމަލާތަކަށް ވަރުގަދަކަމާއި އެކު ރައްދު ދިނުމަށް ޕާކިސްތާނުން ބަދަލުހިފުމުގެ މަސައްކަތުގައި އިސްކަން ދީފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ވައިގެ ސިފައިން ވައްޓާލި އިންޑިއާގެ އަސްކަރީ ޖެޓު
އިންޑިއާގެ ވައިގެ ސިފައިން ބޯޑަރު ހުރަސްކޮށް ދިން މިސައިލް ހަމަލާތަކާ ގުޅިގެން ޕާކިސްތާނުން އިންޑިއާގެ ތިން ފައިޓާ ޖެޓާއި ގިނަ ޑްރޯންތަކެއް ވައްޓާލާފައިވާ ކަން އިންފޮމޭޝަން މިނިސްޓަރު އަތާއުالله ތަރާރު ކަށަވަރުކޮށްދެއްވައިފި.
"އަޅުގަނޑުމެން ތިބީ ފުރިހަމައަށް ތައްޔާރަށް، އެހެންވެ އިންޑިއާއަށް ވަގުތުން އަދި ހަރުދަނާ ޖަވާބެއް ލިބުނީ،" ފަތިހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވި.
އަދި ކޮންމެ ހަމަލާއަކުން ވެސް ދިފާއުވުމުގެ ފުރިހަމަ އިހްތިޔާރު ޕާކިސްތާނަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި.