8-787މަރުކާގެ އެއަރ އިންޑިއާގެ މަތިންދާބޯޓެއް

އެއާ އިންޑިއާގެ މަތިންދާބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ހޮންގްކޮންގަށް ޖައްސައިފި

މަރްޔަމް ނިއުމާ
 
21 ދުވަސް ކުރިން

ހޮންގްކޮންގް އިން ފުރައިގެން އިންޑިއާގެ ނިއު ދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާގެ މަތިންދާބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އަނބުރާ ހޮންގްކޮންގަށް ޖައްސައިފިއެވެ.

އެއާ އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނީ، އެ އެއާލައިންގެ ބޮއިން  8-787 މަރުކާގެ މަތިންދާބޯޓުގެ ފްލައިޓް އޭއި315، އަނބުރާ ހޮންގްކޮންގަށް އަނބުރާ ޖައްސާފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް، ދިމާވި ޓެކްނިކަލް މައްސަލައިގެ ތަފްޞީލެއް އެ އެއާލައިނުން އަދި ދީފައެއް ނުވެއެވެ.

ހޮންގްކޮންގްއިން ފުރިތާ ގާތްގަނޑަކަށް 15 މިނެޓު ފަހުން، ޓެކްނިކަލް މައްސަލައެއް އުޅޭތީ، އިތުރަށް ކުރިއަށް ނުގޮސް، އަނބުރާ ހޮންގްކޮންގަށް ޖައްސަން ބޭނުންވާ ކަން އެ ބޯޓުގެ ޕައިލެޓު ބުނާ އަޑު އެއާ ޓްރެފިކް ކޮންޓްރޯލް މޮނިޓަރިން ވެބްސައިޓުގައިވާ ލައިވް ރެކޯޑިންއިން އަޑުއިވެއެވެ. ނަމަވެސް، އެ ރެކޯޑިން އާ ގުޅޭގޮތުން އެއްޗެއް ބުނަން އެއާ އިންޑިއާއިން ވަނީ ދެކޮޅު ހަދައިފައެވެ.

މި ހާދިސާ ހިނގިއިރު މިދިޔަ ހަފަތާގައި އެއާ އިންޑިއާގެ ބޮއިން 787 މަރުކާގެ މަތިންދާ ބޯޓެއް ވެއްޓި 242 މީހުންގެ ތެރެއިން 241 މީހުން ވަނީ މަރުވެފައެވެ.

ބޮއިން-787 މަރުކާގެ ހުރިހާ ބޯޓުތަކެއް ތަޙުޤީޤުކޮށް، އެއްވެސް މައްސަލައެއް ހުރިތޯ ބަލައި، ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް، އިންޑިއާގެ ވައިގެ ދަތުރުފަތުރާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.