ވެއްޓުނު އެއާ އިންޑިއާ ބޯޓު --

242 މީހުންނާއެކު ދަތުރުކުރި އެއާއިންޑިއާ ބޯޓެއް ވެއްޓިއްޖެ

ނާއިފް ހަލީމް
 
26 ދުވަސް ކުރިން

ޖުމުލަ 242 މީހުން ދަތުރުކުރި އެއާ އިންޑިއާގެ ބޮއިންގް 787 ޑްރީމްލައިނާ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ.

ބޯޓު ވެއްޓިފައިވަނީ އިންޑިއާގެ އަހުމަދުބާގެ ސަރުދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ މާ ގިނައިރުތަކެއް ނުވަނީހެވެ. ލަންޑަނަށް ދަތުރުކުރި އެ ބޯޓުގައި 242 މީހުން ދަތުރުކޮށްފައިވާއިރު އޭގެ ތެރޭގައި 230 ފަސިންޖަރުންނާއި 12 ކްރޫ މެންބަރުން ހިމެނެއެވެ.

ބޯޓު ވެއްޓުނު ސަރަހައްދުން ކަޅު ދުން އަރާތަން ފެންނަ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

އޮންލައިން ފްލައިޓް ޓްރެކަރުން ދައްކާ ގޮތުގައި އެ ބޯޓަކީ އަހުމަދުއާބާދުގެ ސަރްދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ލަންޑަންގެ ގެޓްވިކް އެއާޕޯޓަށް ދިއުމަށް އިންޑިއާ ގަޑިން މެންދުރު 1:10 ހާއިރު ނައްޓާލި ފްލައިޓެކެވެ.