ވިނަރެސް ޓަވަރުން މީހަކު ވެއްޓިގެން ހޮސްޕިޓަލަށް ގެންދަނީ | ފޮޓޯ: ސަން

ވިނަރެސް ޓަވަރުން ވެއްޓުނު ޒުވާނާ މަރުވެއްޖެ، މޫނު އޮތީ ޗަސްވެފައި!

މޫސާ އަލީ
 
1 ދުވަސް ކުރިން

ހުޅުމާލެ ދެވަނަ ފޭސްގައި ހުންނަ ވިނަރެސް ފްލެޓުގެ ޓަވަރުން ވެއްޓުނު ޒުވާނާ މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނިގޮތުގައި އުމުރުން 18 އަހަރުގެ އެމީހާ ވެއްޓުނީ ވިނަރެސް ފްލެޓުތަކުގެ 8 ވަނަ ޓަވަރުންނެވެ.

އެނގިފައިވާ ގޮތުގައި އެމީހާ ވެއްްޓުނީ 7 ވަނަ ފްލޯއިންނެވެ. 

އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހަވީރު 4:30 ހާއިރުއެވެ. ހޮސްޕިޓަލަށް ގެނައިއިރުވެސް އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. 

އެނގިފައިވާ ގޮތުގައި އެ މީހާއަށް ބޭރުފުށުން ވަނީ ބޮޑެތި އަނިޔާތަކެއްވެފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.