އއ. މާޅޮސް އަބްދުއްރަހްމާން އާދަމް މަރުވީ ބޮލަށް ދިން އަނިޔާއެއްގެ ސަބަބުންކަން އެނގިއްޖެއެވެ.
ޖުމްލަ ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުއްރަހްމާނާއި އޭނާގެ އަންހެނުން ރޭ ނިދީ ދެ ކޮޓަރިއެއްގައެވެ. އަދި ގޭގައި ދިރިއުޅެމުން އައީ ވެސް ދެމަފިރިން އެކަންޏެވެ.
ހަމަލަ ލިބުނުކަން އެނގުމާއެކު ސިއްހީ މަރުކަޒަށް ގެންދަން އެމްބިއުލާންސަށް ގުޅީ ވެސް އޭނާގެ އަންހެނުންކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނި ގޮތުގައި އުމުރުން 65 އަހަރުގެ އަބްދުއްރަހްމާނަށް ފަރުވާ ދޭން ސިއްހީ މަރުކަޒަށް ގެންދިޔަކަމުގެ މައުލޫމާތު ލިބުނީ ދަންވަރު 01:50 ހާއިރެވެ. މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށް އޭނާ މަރުވީ ރޭ ފަތިހުގެ ވަގުތެއްގައެވެ.