ޒަކަރިއްޔާ | ފޮޓޯ: ފޭސްބުކް

ގައްދޫން ގެއްލުނު ޒަކަރިއްޔާ މަރުވެފައި އޮއްވައި ފެނިއްޖެ

މޫސާ އަލީ
 
5 ދުވަސް ކުރިން

ގދ. ގައްދޫން މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު މީހާ، މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކުޑަ ޑިންގީއެއްގައި ގައްދޫއިން ގަމަށް ދަތުކުރި ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު، އެ ރަށް ކައިރީގައި އޮންނަ ގަމު ކައިރިން ހެނދުނު 11:43 ހާއިރު ފެނިފައިވާ ކަމަށެވެ.

ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ޓީމުން އޭނާގެ ހަށިގަނޑު ނަގައިގެން ރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ. 

ދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަނިކޮށް ގެއްލުނު ޒަކަރިއްޔާ މުހައްމަދު ދަތުރުކުރި ޑިންގީ ކަނޑު އަޑިން ވަނީ އިއްޔެ ހޯދައިފައެވެ. އެ ޑިންގީ ފެނުނީ  ގައްދޫ އާއި ގަމާ ދެމެދުގައި އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިންނެވެ. 

ޒަކަރިއްޔާގެ ހަށިގަނޑު ފެނިފައިމިވަނީ އޭނާ ހޯދުމަށް ހޯދުމަށް ކަނޑުމަގުން 2،307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެ މަގުން 30،39 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލި ފަހުންނެެ. 

އެނގިފައިވާ ގޮތުގައި ގައްދޫން އޭނާ ފުރީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 9:30 ހާއިރެވެ. އަދި އެނބުރި ގައްދުއަށް ދާން އޭނާ ގަމުން ފުރީ ހެނދުނު 11:15 ހާއިރެވެ.