މަޖިލިސް --

ސަބަބެއް ނާނގާ މިއަދުގެ މަޖިލިސް ޖަލްސަ ކެންސަލް

ނާއިފް ހަލީމް
 
1 ދުވަސް ކުރިން

ވަކި ސަބަބެއް ނާންގާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބާއްވައި ކެންސަލްކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ހަފުތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހެއެވެ. އާންމުކޮށް ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ.

ނަމަވެސް މިއަދުގެ ޖަލްސާ ވެސް ކެންސަލްކޮށްފައިވަނީ ވަކި ސަބަބެއް ނާނގައެވެ.

ޖަލްސާތައް ކެންސަލްވި ނަމަވެސް، ކޮމިޓީތަކުގައި މަސައްކަތްތައް ހިނގައެވެ.

ޖަލްސާތައް ކެންސަލް ވުމަކީ އާންމު ރައްޔިތުންގެ ވަރަށް ބޮޑު ފާޑު ކިޔުމެއް އަމާޒުވާ ކަމެކެވެ.