ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ

ޓްރޭޑް މާކް ބިލް މަޖިލީހަށް ހުށައަޅައިފި

މުހައްމަދު ހަމީޒް
 
4 ދުވަސް ކުރިން

އުފެއްދުންތެރިންނާއި ފަންނުވެރިންގެ އުފެއްދުންތައް ރައްކާތެރިކޮށްދޭ ޓްރޭޑް މާކް ރަޖިސްޓްރީ ކުރެވޭނެ ބިިލް، ޓްރޭޑް މާކްގެ ބިލް މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް މިއަދު ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒާހިރެވެ.

އެ ބިލުގެ މަގްސަދަކީ ރާއްޖޭގައި އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރެޖިސްޓްރީ ކުރުމާއި ގުޅޭ ނިޒާމެއް ގާއިމުކޮށް ކަމާއި ގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމެވެ.

އަދި ޓްރޭޑްމާކްގެ ވެރިފަރާތްތަކަށް ލިބިގެންދާނެ ހައްގުތަކުގެ ދާއިރާތައް ބަޔާންކޮށް ޓްރޭޑްމާކްގެ ހައްގަކަށް އަރައިގަންނަ އަމަލުތަކާއި ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކުރުން ކަމަށްވެސް ބިލްގައި ވެއެވެ.