މާފަންނު ބަސް ޓާމިނަލް ކައިރި ހިނގި އެކްސިޑެންޓު ---

ނުރައްކާތެރި އެކްސިޑެންޓެއް: އެކަކު މަރުވެ ދެ މީހުންގެ ހާލު ސީރިއަަސް

ނާއިފް ހަލީމް
 
5 ދުވަސް ކުރިން

މާފަންނު ބަސް ޓާމިނަލް ކައިރި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު މަރުވެ ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. 

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެއްޖައި ބުނީ، މިރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެތަނުގައި އޮންނަ ކަފިރި ހުރަސް މަތިން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ޖެހި، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގައި ޖެހިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭގެ ތެރޭގައި ހިމެނޭ 17 އަހަރުގެ ކުއްޖަކު މަރުވެފައިވާ ކަމަށާއި އަނެއް ދެ މީހުންގެ ހާލު ސީރިއަސް ކަމަށެވެ.